Sunday, May 15, 2016

އަޅުގަނޑުގެ ނަޒަރުގައި މިމާއްދާ މިއަށްވުރެ ރަނގަޅަށް ކުރިއަށް ގެންދެވިދާނެ

އަޅުގަނޑުގެ ނަޒަރުގައި މިމާއްދާ މިއަށްވުރެ ރަނގަޅަށް ކުރިއަށް ގެންދެވިދާނެ!

ކިޔެވުމަކީ އެހާ ފަސޭހަ ކަމެއްނޫން. ގިނަމީހުން ކޯސްތަކުގައި ކިވަނީވެސް ވަރަށް ބުރަކޮށް އުޅެމުން. އެހެންކަމުން ކޮންމެ މީހަކުވެސް ބޭނުންވާނީ ތިމާއަށް ފަސޭހައިން އެކިޔަވާ މާއްދާއެއްގެ، ކިޔަވާދޭ އެއްޗެއް ރަނގަޅަން އެނގޭނެ ގޮތަކަން ކިޔަވަން. އެކަމަކު އެގޮތަން ކިޔެވޭނީ ބޮލަން އެއްޗެއް ވަންނަ ގޮތަކަށް ކިޔަވާދީގެން. ގިނަފަހަރު ކިޔަވާދޭގޮތަކުން ކިޔަވާ ހިތްވެސް ކެނޑިގެންދޭ. ކިޔަވާދިނުނަކީވެސް އުކުޅެކޭ ބުނާފަދައިން އެ އުކުޅުގެ ބޭނުންކޮށްގެން ކިޔަވާދިނުމަކީ ވަރަށް މުހިންމު ކަމެއް. ހަމައެކަނި ކުޑަކުދިންނަސް އެކަންޏެއް ނޫން އުކުޅުގެ ބޭނުން ކޮށްގެން ކިޔަވާދޭން ޖެހެނީކީ. އަސްލު ހަގީގަތުގައި ބުނާކަމުގައި ވާނަމަ ކުޑަކުދިންނަންވުރެ ބޮޑަށް ކިޔަވައި ދިނުމުގައި އުކުޅުތަކުގެ ބޭނުން ހިފަންޖެހޭ ބޮޑެތި މީހުންނަން ކިޔަވާދޭއިރު. ސަބަބަކީ ގިނަ މީހުން ކިޔަވަން ފަށަނީ ވަރަށް ގިނަ ދުވަސްތަކަކަށްފަހު. އެހެންކަމުން ސިކުޑީގައި އެކިޔަވާދޭ އެއްޗެއް ހަރުލާނީ ވަރަށް ގިނަ ގޮތްގޮތަން ބުނެދީގެން. އެގޮތުން ކޮންޕިއުޓަރ އަކީވެސް ގިނަދުވަހު ބޭނުން ނުކޮށް ހުރެފަ ބޭނުންކުރަން ފަށާއިރު ހަދާން ނުހުންނަ ކަހަލަ ބައިތަކެއް ހިމެނޭ އެއްޗެއް. އަޅުގަނޑުގެ ނަޒަރުގައި މިމާއްދާދާ ކިޔަވާދޭން އެންމެ ރަނގަޅީ ގިނަ މަޢުލޫމާތުތަކެއް ދައްކާގެން ނުވަތަ ބުނެދިނުމަށްވުރެ ކޮންޕިއިޓަރ ބޭނުންކޮށްގެން އެއިން އެއްޗެހި ހަދަން ދަސްކޮށް ދިނުން. އަދި މިކޯހަކީ ދިވެހި ކޯހަކަށް ވެފައި ކޮންޕިޓަރ ކިޔަވަދޭ ޓިޗަރ ކިޔަވާދެނީވެސް ދިވެހިން. އެކަމަކު ކިޔަވަދޭން ބޭނުންކުރާ މަޢުލޫމާތު އިނގިރޭސިން ހުރުމުން ކިޔަވާ ދޭއިރު ކޮންމެވެސް ވަރަކަން އޮޅުން އަރާގޮތްތަކެއް ހުރޭ. އެހެންކަމުން މި މާއްދާގައި ކިޔަވައި ދިނުމަން ބޭނުންކުރާ މަޢުލޫމާތު ދިވެހިން ހުރުމުން އަޅުގަނޑުގެ ނަޒަރުގައި އަލުގަނޑު ދެކޭނީ އެއީ މިމާއްދާ ކިޔަވާ ދަރިވަރުންނަންވެސް ފަސޭހަ ގޮތެއްކަމަން.
ޝުކުރިއްޔާ!

No comments:

Post a Comment