Sunday, May 15, 2016

ސީޕީޓީ މާއްދާއާއި ދޭތެރޭ އަޅުގަނޑު ދެކޭގޮތް

ފުލްޓައިމް، ޕާރޓްޓައިމް އަދި ބްލޮކްމޯޑާއި ބެހޭ ގޮތުން އަހަރެންގެ ޚިޔާލު!

ކޮންމެ ކަމެއްވެސް ކުރާހިތުން ކުރަންޏާ އެކަމެއް ކުރެވޭނެ. އެކަމަކު ކިތަންމެ ކުރާހިތްވިޔަސް ގިނަފަހަރު އޮންނަނީ ނުކުރެވިފައި. އެއީ ކޮންމެވެސް ސަބަބަކާލައިގެން، އެހެންނޫންތޯ! އަޅުގަނޑު ދެކޭގޮތުގައި ކިޔެވުމަކީވެސް ހަމަ އެކަހަލަ ކަމެއް. ކިތަންމެ ކިޔަވަން ބޭނުންވިޔަސް ގިނަފަހަރު އޮންނަނީ އެކަން ނުވެފައި. ދިރިއުޅުމުގެ ޙާލަތު ހުންނަ ގޮތުން. އެހެންކަމުން އަޅުގަނޑު ދެކޭ ގޮތުގައި ފުލްޓައިމްގައި ކިޔެވުމަށް ވުރެ ރަނގަޅު ޕާރޓްޓައިމްގައި ކިޔެވުންވެސް. ސަބަބަކީ ވަޒީފާގައި އުޅޭ މީހުންނަން ވެފައި އާއިލާއަށްވެސް ވަގުތު ދޭން ޖެހޭތީ. އެހެންނޫނީ ކޮންމެ ދުވަހަކު އޮފީސް ނިންމާފަ މަޑުނުވެ ކްލާހަން ހާޒިރުވާން ޖެހޭ. ގިނަފަހަރު ފުލްޓައިމްކޮށް ކިޔަވާނަމަ ހަވީރާއި ރޭގަޑުވެސް ކްލާހަށް ހާޒިރުވާން ޖެހޭ. ހަމަ އެކަނި ހުކުރު ހޮނިހިރު ދުވަހެއް ނޫން މުހިންމީކީ. ދަރިންގެ ކިޔެވުމުގެ ކަންތައްތަކަކީވެސް ކޮންމެހެން ބަލަންޖެހޭ ކަމަކަށް ވެފައިވުމުން ކޮންމެދުވަހަކު ސްކޫލުން ދޭ މަސައްކަތް ތަކަކީވެސް ދަރިފުޅާއެކު ދުވާލުގެ ވަގުތު ހޭދަ ކޮށްގެން ނޫނީ ނުވާނެކަމެއް.
އެހެންކަމުން އަޅުގަނޑުގެ ނަޒަރުގައި ފުލްޓައިމްއަށްވުރެ އެންމެ ރަނގަޅީ ބްލޮކަމޯޑުގައި ކިޔެވުން. ސަބަބަކީ ކްލާހަން ގިނަވެގެން ޚާޒިރުވާން ޖެހެނީ މަހަކު އެއް ފަހަރު ނޫނީ ދެފަހަރު. އެހެންކަމުން ދީފަ ހުންނަ މަސައްކަތްތައް ލިބޭ ހުސްވަގުތުތަކުގައި ކުރެވޭނެ. ގޭގަ ގިނަވަގުތު ރޭގަޑުގެ ގިނަވަގުތު ހޭދަކުރެވޭނެ. ބްލޮކްމޯޑްގައި ދާންޖެހެނީވެސް ބަންދު ދުވަސްތަކުގައި. ނަމަވެސް އެމީހަކު ކިޔަވަން ބެނުންގޮތަކަށް އެމީހަކަށް ކިޔެވުމުގެ ފުރުސަތު މިހާރު އެބައޮތް. މިއީ އަޅުގަޑުގެ ޚިޔާލު.
ޝުކުރިއްޔާ!

No comments:

Post a Comment