Sunday, May 15, 2016

އަޅުގަނޑުގެ ނަޒަރުގައި މިމާއްދާ މިއަށްވުރެ ރަނގަޅަށް ކުރިއަށް ގެންދެވިދާނެ

އަޅުގަނޑުގެ ނަޒަރުގައި މިމާއްދާ މިއަށްވުރެ ރަނގަޅަށް ކުރިއަށް ގެންދެވިދާނެ!

ކިޔެވުމަކީ އެހާ ފަސޭހަ ކަމެއްނޫން. ގިނަމީހުން ކޯސްތަކުގައި ކިވަނީވެސް ވަރަށް ބުރަކޮށް އުޅެމުން. އެހެންކަމުން ކޮންމެ މީހަކުވެސް ބޭނުންވާނީ ތިމާއަށް ފަސޭހައިން އެކިޔަވާ މާއްދާއެއްގެ، ކިޔަވާދޭ އެއްޗެއް ރަނގަޅަން އެނގޭނެ ގޮތަކަން ކިޔަވަން. އެކަމަކު އެގޮތަން ކިޔެވޭނީ ބޮލަން އެއްޗެއް ވަންނަ ގޮތަކަށް ކިޔަވާދީގެން. ގިނަފަހަރު ކިޔަވާދޭގޮތަކުން ކިޔަވާ ހިތްވެސް ކެނޑިގެންދޭ. ކިޔަވާދިނުނަކީވެސް އުކުޅެކޭ ބުނާފަދައިން އެ އުކުޅުގެ ބޭނުންކޮށްގެން ކިޔަވާދިނުމަކީ ވަރަށް މުހިންމު ކަމެއް. ހަމައެކަނި ކުޑަކުދިންނަސް އެކަންޏެއް ނޫން އުކުޅުގެ ބޭނުން ކޮށްގެން ކިޔަވާދޭން ޖެހެނީކީ. އަސްލު ހަގީގަތުގައި ބުނާކަމުގައި ވާނަމަ ކުޑަކުދިންނަންވުރެ ބޮޑަށް ކިޔަވައި ދިނުމުގައި އުކުޅުތަކުގެ ބޭނުން ހިފަންޖެހޭ ބޮޑެތި މީހުންނަން ކިޔަވާދޭއިރު. ސަބަބަކީ ގިނަ މީހުން ކިޔަވަން ފަށަނީ ވަރަށް ގިނަ ދުވަސްތަކަކަށްފަހު. އެހެންކަމުން ސިކުޑީގައި އެކިޔަވާދޭ އެއްޗެއް ހަރުލާނީ ވަރަށް ގިނަ ގޮތްގޮތަން ބުނެދީގެން. އެގޮތުން ކޮންޕިއުޓަރ އަކީވެސް ގިނަދުވަހު ބޭނުން ނުކޮށް ހުރެފަ ބޭނުންކުރަން ފަށާއިރު ހަދާން ނުހުންނަ ކަހަލަ ބައިތަކެއް ހިމެނޭ އެއްޗެއް. އަޅުގަނޑުގެ ނަޒަރުގައި މިމާއްދާދާ ކިޔަވާދޭން އެންމެ ރަނގަޅީ ގިނަ މަޢުލޫމާތުތަކެއް ދައްކާގެން ނުވަތަ ބުނެދިނުމަށްވުރެ ކޮންޕިއިޓަރ ބޭނުންކޮށްގެން އެއިން އެއްޗެހި ހަދަން ދަސްކޮށް ދިނުން. އަދި މިކޯހަކީ ދިވެހި ކޯހަކަށް ވެފައި ކޮންޕިޓަރ ކިޔަވަދޭ ޓިޗަރ ކިޔަވާދެނީވެސް ދިވެހިން. އެކަމަކު ކިޔަވަދޭން ބޭނުންކުރާ މަޢުލޫމާތު އިނގިރޭސިން ހުރުމުން ކިޔަވާ ދޭއިރު ކޮންމެވެސް ވަރަކަން އޮޅުން އަރާގޮތްތަކެއް ހުރޭ. އެހެންކަމުން މި މާއްދާގައި ކިޔަވައި ދިނުމަން ބޭނުންކުރާ މަޢުލޫމާތު ދިވެހިން ހުރުމުން އަޅުގަނޑުގެ ނަޒަރުގައި އަލުގަނޑު ދެކޭނީ އެއީ މިމާއްދާ ކިޔަވާ ދަރިވަރުންނަންވެސް ފަސޭހަ ގޮތެއްކަމަން.
ޝުކުރިއްޔާ!

CPT101 ގައި އަހަރެން އެންމެ ކިޔަވާހިތަވާ ޓޮޕިކަކީ ކޮބާ؟ އަދި އެއީ ކީއްވެ؟

CPT101 ގައި އަހަރެން އެންމެ ކިޔަވާހިތަވާ ޓޮޕިކަކީ ކޮބާ؟ އަދި އެއީ ކީއްވެ؟

CPT101 އަކީ އަޅުގަނޑު ހަދަމުންދާ ކޯސް (ދިވެހި ބަހުގެ ޑިގްރީ ކޯހުގައި) ކިޔަވަމުންދާ މާއްދާއެކެވެ. މިއީ ކޮންޕިއުޓަރ ބޭނުން ކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ދަސްކޮށްދޭ މާއްދާ އެކެވެ. މިމާއްދާގައި ކިވައިދެއްވި ހުރިހާ ޓޮޕިކަކީވެސަ ވަރަން ޝައުޤުވެރިވިކަމާއެކު ހެދޭނެ ކަހަލަ ޓޮޕިކް ތަކެކެވެ. އެކަމަކު ކޮންމެ މާއްދާއެއް ކިޔެވިކަމުގައިވިޔަސް ގިނަމީހުން، އެކިޔަވާ މާއްދާގެ ތެރެއިން އެންމެ ކިޔަވާހިތުން ކިޔަވާނެ ކޮންމެވެސް އެއް ޓޮޕިކެއް ވާނެއެވެ. އޭގޮތުން އަޅުގަނޑު މި މާއްދާގައި އެންމެ ކިޔަވާ ހިތްވަނީ މައިކޮރޯ ސޮފްޓުގެ އެކްސެލް އެވެ.
ސަބަބަކީ މައިކްރީސޮފްޓް އެކްސެލްގައި ވަރަންގިނަ ނޭގޭ އެތައް ފޯމިއުލާތައް ދަސްވެފައި ވާތީއެވެ. އަދި މި ޓޮޕިކް ކިޔާވާ ހިތްވި އެންމެބޮނޑު އެއް ސަބަބަކީ މައިކޮރޯސޮފްޓް އެކްސެލްއަކީ ވަޒީފާގެ މާހަޢުލުގައި، އަދި ވިޔަފާރީގެ ކަންތައް ތަކުގައިވެސް ވަރަން ބޭނުންހިފޭ އެއޗަކަން ވާތީއެވެ.

ޝުކުރިއްޔާ!

ސީޕީޓީ މާއްދާއާއި ދޭތެރޭ އަޅުގަނޑު ދެކޭގޮތް

ފުލްޓައިމް، ޕާރޓްޓައިމް އަދި ބްލޮކްމޯޑާއި ބެހޭ ގޮތުން އަހަރެންގެ ޚިޔާލު!

ކޮންމެ ކަމެއްވެސް ކުރާހިތުން ކުރަންޏާ އެކަމެއް ކުރެވޭނެ. އެކަމަކު ކިތަންމެ ކުރާހިތްވިޔަސް ގިނަފަހަރު އޮންނަނީ ނުކުރެވިފައި. އެއީ ކޮންމެވެސް ސަބަބަކާލައިގެން، އެހެންނޫންތޯ! އަޅުގަނޑު ދެކޭގޮތުގައި ކިޔެވުމަކީވެސް ހަމަ އެކަހަލަ ކަމެއް. ކިތަންމެ ކިޔަވަން ބޭނުންވިޔަސް ގިނަފަހަރު އޮންނަނީ އެކަން ނުވެފައި. ދިރިއުޅުމުގެ ޙާލަތު ހުންނަ ގޮތުން. އެހެންކަމުން އަޅުގަނޑު ދެކޭ ގޮތުގައި ފުލްޓައިމްގައި ކިޔެވުމަށް ވުރެ ރަނގަޅު ޕާރޓްޓައިމްގައި ކިޔެވުންވެސް. ސަބަބަކީ ވަޒީފާގައި އުޅޭ މީހުންނަން ވެފައި އާއިލާއަށްވެސް ވަގުތު ދޭން ޖެހޭތީ. އެހެންނޫނީ ކޮންމެ ދުވަހަކު އޮފީސް ނިންމާފަ މަޑުނުވެ ކްލާހަން ހާޒިރުވާން ޖެހޭ. ގިނަފަހަރު ފުލްޓައިމްކޮށް ކިޔަވާނަމަ ހަވީރާއި ރޭގަޑުވެސް ކްލާހަށް ހާޒިރުވާން ޖެހޭ. ހަމަ އެކަނި ހުކުރު ހޮނިހިރު ދުވަހެއް ނޫން މުހިންމީކީ. ދަރިންގެ ކިޔެވުމުގެ ކަންތައްތަކަކީވެސް ކޮންމެހެން ބަލަންޖެހޭ ކަމަކަށް ވެފައިވުމުން ކޮންމެދުވަހަކު ސްކޫލުން ދޭ މަސައްކަތް ތަކަކީވެސް ދަރިފުޅާއެކު ދުވާލުގެ ވަގުތު ހޭދަ ކޮށްގެން ނޫނީ ނުވާނެކަމެއް.
އެހެންކަމުން އަޅުގަނޑުގެ ނަޒަރުގައި ފުލްޓައިމްއަށްވުރެ އެންމެ ރަނގަޅީ ބްލޮކަމޯޑުގައި ކިޔެވުން. ސަބަބަކީ ކްލާހަން ގިނަވެގެން ޚާޒިރުވާން ޖެހެނީ މަހަކު އެއް ފަހަރު ނޫނީ ދެފަހަރު. އެހެންކަމުން ދީފަ ހުންނަ މަސައްކަތްތައް ލިބޭ ހުސްވަގުތުތަކުގައި ކުރެވޭނެ. ގޭގަ ގިނަވަގުތު ރޭގަޑުގެ ގިނަވަގުތު ހޭދަކުރެވޭނެ. ބްލޮކްމޯޑްގައި ދާންޖެހެނީވެސް ބަންދު ދުވަސްތަކުގައި. ނަމަވެސް އެމީހަކު ކިޔަވަން ބެނުންގޮތަކަށް އެމީހަކަށް ކިޔެވުމުގެ ފުރުސަތު މިހާރު އެބައޮތް. މިއީ އަޅުގަޑުގެ ޚިޔާލު.
ޝުކުރިއްޔާ!

ދިވެހިރާއްޖޭގެ ތާރީހް





ދިވެހިރާއްޖޭގެ ތާރީޚް

ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ އަމިއްލަ ވެރިކަމެއް ހިނގަމުން އަންނަ ރާއްޖެއެކެވެ. ރާއްޖޭގެ އަހުލުވެރިންނަށް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބުނު ފަހުން މިހިނގައިދިޔަ ގިނަ ޤަރުނުތަކުގެ ތެރޭގައި، ރާއްޖޭގެ ވެރިކަން ހިންގުމުގެ ހުރިހާ އިޚްތިޔާރެއް އޮތީ، ރާއްޖޭގެ ރަސްރަސްކަލުންނާއި ރަނިރަނި ކަނބަލުންގެ އަތްޕުޅުމަތީގައެވެ. އެބޭބޭފުޅުން ވެރިކަމުގެ ކަންތައްތައް ހިންގަވަމުން ގެންދަވާފައިވަނީ، އިސްލާމީ އުސޫލުތަކުގެ މަތިން، އަދި ރާއްޖޭގެ އާދަކާދަތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޝްވަރާއާއި ރުހުން ހޯއްދަވައިގެންނެވެ. ލިޔެފައިނުވާ، އެކަމަކު ވަރަށް ހަރުދަނާ ޤާނޫނީ އުސޫލުތަކެއްގެ މަތިންނެވެ.

ދިވެހިރާއްޖޭގައި ޤާނޫނުތަކެއް ލިޔެވިގެން، އެމައްޗަށް އެންމެ ފުރަތަމަ ވެރިކަން ހިންގަންފެށިފައިވަނީ، އައްސުލްޠާނު މުޙަންމަދު ޝަމްސުއްދީނު އިސްކަންދަރު ސިރީކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައެވެ. މިރަދުންގެ ރަސްކަމުގެ ތިރީސްވަނަ އަހަރު ކަމަށްވި 1349 ވަނަ އަހަރުގެ ޝައްވާލު މަހުގެ 29 (19މާރޗް 1931) ވީ ބުރާސްފަތި ދުވަހު، އަލްއަމީރު އަލްޙާއްޖު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ރިޔާސަތުގެ ދަށުގައި އުފެއްދެވި މަޖިލީހަކާ، ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލެއްވުމަށް މިރަދުން ހަވާލުކުރެއްވިއެވެ.